ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)/SDFC/2020/16
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 14:05
އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

ކޯވިޑް-19 އާއި ގުޅިގެން 12 އެޕްރީލް އިން 16 އެޕްރީލް 2020 އަށް ސަރުކާރު ބަންދުކުރުމާއިގުޅިގެން، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 13، 14 އަދި 16 އެޕްރީލް 2020، މި ތިން ދުވަހު ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކަމުގައި ދަންނަވަމެވެ. އަދި ކަސްޓަމަރ ސަރވިސްގެ ކައުންޓަރުތަކުން ދެމުންގެންދިޔަ ޚިދުމަތްތައް މެދުކަނޑާލައި، އެ ކައުންޓަރުތަކުން ދެމުންދިޔަ ޚިދުމަތްތައް ތިރީގައިވާގޮތަށް ބަދަގެނެވިފައިވާކަން ދަންނަވަމެވެ.

ކޯވިޑް-19 ވިޔަފާރި އެހީއަށް އެދި ހުށަހަޅުއްވާނީ: މި ކޯޕަރޭޝަންގެ ވެބްސައިޓްގައިވާ ކަސްޓަމަރ ސަރވިސް ޕޯޓަލް މެދުވެރިކޮށް.

އެހެނިހެން ލޯނު އެޕްލިކޭޝަންސް ފޮނުއްވާނީ: applications@sdfc.mv

އެހެނިހެން ލިޔެކިއުންތައް ފޮނުއްވާނީ: [email protected]

ލޯން ޑިސްބާސްމެންޓާ ގުޅޭގޮތުން: [email protected]

އަދި މި ކޯޕަރޭޝަނާގުޅޭ އެއްވެސް ކަމެއްގައި މަޢުލޫމާތު ސާފުކުރައްވަން ބެނުންފުޅުވާނަމަ މި ކޯޕަރޭޝަންގެ ނަންބަރު:3306999 އަށް ގުޅުއްވައިގެން، ނުވަތަ 7366999 އަށް އެސްއެމްއެސް ކުރައްވައިގެން ކުރިއަށްގެންދެވުމަށް ދެންނެވީމެވެ.

09 އޭޕްރިލް 2020