މަސައްކަތް
ނަންބަރު: (IUL)266/266/2020/35
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 26 އޭޕްރިލް 2020 10:30
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ބައްތި މަރާމާތުކުރުމުގެ މަސައްކަތައް މަގުކޮނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މަގުމަތީ ބައްތި މަރާމާތުކުރުމުގެ މަސައްކަތައް މަގުކޮނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 12 އޭޕްރީލް 2020 (އާދީއްތަ) ދުވަހުން ފެށިގެން 16 އޭޕްރީލް 2020 (ބުރާސްފަތި) ދުވަހުގެ 10:00ން 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. އަދި ދެންނެވިފައިވާ ގަޑީގައި މިއިދާރާގެ ނަމްބަރ 6528831 އާއި ގުޅުއްވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

  • މައުލޫމާތު ދިނުން – 19 އޭޕްރީލް 2020 ވާ (އާދީއްތަ) ދުވަހުގެ 10:30 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 26 އޭޕްރީލް 2020 ވާ (އާދީއްތަ) ދުވަހުގެ 10:30

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

09 އޭޕްރިލް 2020