ކުއްޔަށް ދިނުން
ނަންބަރު: (IUL)341-ADMN/341/2020/30
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 11:18
ސުންގަޑި: 15 އޭޕްރިލް 2020 10:30
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރުނބާ ހަޓް ހަދަން ބިން ދޫކުރުމާއި ގުޅޭ:

އުކުޅަހު ދެކުނު ފަރާތު ވަށާމަގުން 1 ސަރަހައްދަކުން ކުރުނބާހަޓް ހެދުމަށް 3 އަހަރުގެ މުއްދަތަށް ބިން ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ބިޑްކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

 ވީމާމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އެޕްރީލް 2020 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އެޕްރީލް 2020 އާދިއްތަ ދުވަހުގެ 10:30 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތަޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ. 

ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއް ނުގަނެވޭނެއެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައި އޮންނަ ސިޓީ އުރައެއްގައެވެ.

   ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ، އއ. އުކުޅަހު ކައުންސިލް އިދާރާގެ ނަންބަރު 6660536 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

08 އޭޕްރިލް 2020