ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2020/32
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 13 އޭޕްރިލް 2020 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށްދިމާވެފައިވާ ދަތިތަކުގެ މައްޗަށް ރިޢާޔަތްކޮށް މިއަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ޢިނާޔަތެއްގެ ގޮތުގައި ދިނުމަށް ހަމަޖައްސާފައިވާ ތަކެތި ވައުޗަރ އުޞޫލުން ދޫކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

       ކޮވިޑް-19 އާއި ގުޅިގެން، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ރިޢާޔަތްކޮށް، ކުރިމަތިވަމުން އަންނަ މިއަހަރުގެ ރަމަޟާންމަހުގެ މުނާސަބަތުގައި، ރަށުގެ ކޮންމެ ރައްޔިތަކަށް ޢިނާޔަތެއްގެ ގޮތުގައި، ދިނުމަށް ކައުންސިލުން ނިންމާފައިވާ ހަނޑޫ، ހަކުރު، ފުއް، ފިޔާ އަދި މަސްދަޅު ވައުޗަރު އުޞޫލުން ދޫކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

       ވީމާ، މިތަކެތި  ސަޕްލައިކޮށް ވައުޗަރ އުޞޫލުން ދޫކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޭޕްރީލް 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޭޕްރީލް 2020 ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 އޭޕްރިލް 2020