ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)25-C1/25/2020/27
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 23:43
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
މެލޭޝިއާގައި ދިރިއުޅޭ ދިވެހިނަށް 'ކެއަރ ޕެކެޖް' ފޮނުވުމާ ގުޅޭ އިއުލާން

 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް

މާލެ، ދިވެހިރާއްޖެ

ނަންބަރ:  IUL)25-C1/25/2020/27)

 

އިޢުލާން

 

މެލޭޝިއާގައި ދިރިއުޅޭ ދިވެހިނަށް 'ކެއަރ ޕެކެޖް' ފޮނުވުމާ ގުޅޭ

 

ކޮވިޑް-19 އާއި ގުޅިގެން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއްތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 07 އޭޕްރީލް 2020 ވަނަ ދުވަހު މެލޭޝިއާއަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

 

މިގޮތުން، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން، މި ޢިއުލާނާ އެކުގައިވާ އުސޫލާއި އެއްގޮތަށް، މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯރމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. އަދި މިފަހަރު ފުރުސަތު ދެވޭނީ، ފޯމް ހުށަހަޅުއްވާ ތަރުތީބުން، އެންމެ ފުރަތަމަ ފޯމް ހުށަހަޅުއްވާ 500 ފަރާތަށެވެ.  

 

ވެބްސައިޓް ލިންކް: /https://www.foreign.gov.mv/index.php/en 

 

އަދި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން، 07 އެޕްރީލް 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 0800 އިން ހަވީރު 1630 އަށެވެ.

 

މެލޭޝިއާއަށް 'ކެއަރ ޕެކެޖް' ފޮނުވުމާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހޮޓްލައިން ނަންބަރު: 3023996  އަދި 3023943  އާއ ގުޅުއްވުން އެދެމެވެ.

 

13 ޝަޢުބާން 1441

06 އެޕްރީލް 2020

06 އޭޕްރިލް 2020