ޢާންމު މަޢުލޫމާތު
ނަންބަރު: 371-B2/2020/29
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 13:35
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް19 އާއި ގުޅިގެން ބަންދު ދުވަސްތަކުގައި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް

    ކޮވިޑް19 ފެތުރެމުން ދިއުމާއި ގުޅިގެން ސަރުކާރު ބަންދު ވުމާއި އެކު ކައުންސިލުންދޭ ޚިދުމަތް ތަކުގެ ތެރެއިން އަލަށް އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހައްދައި ދެވޭނެއެވެ. އަދި އަލަށް އުންފަންވާ ކުދިންގެ އައިޑީކާޑު ހެއްދެންދެން އުފަންދުވަހުގެ ސެޓްފިކެޓްގައިވާ ނަންބަރަށް ބައްލަވާ އަދި 01 ޖެނުއަރީ 2020 ގެ ފަހުން މުއްދަތުހަމާ އައިޑީކާޑުގެވެސް ނަންބަރަށް ބައްލަވާ 30 ޖޫން 2020 ގެ ނިޔަލަށް އައިޑީކާޑުން ލިބެންވާ ޚިދުމަތް ފޯރުކޮށްދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އުފަން ދުވަހުގެ ސެޓްފިކެޓް ބަންދު ދުވަހުގެ ތެރޭގައި ހެއްދުމަށް ބޭނުންވާ ބޭފުޅުން ހުކުރު  އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08.00  ން މެންދުރު 14.00 ދެމެދު 7473330 މިނަންބަރާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.        

06 އޭޕްރިލް 2020