ދެންނެވުން
ނަންބަރު: 7-TECH/CIR/2020/4
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 15:44
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހި ރާއްޖޭގެ ޤާނޫނީ އޮޑިޓް ކުރުމުގެ ގަވާއިދު 2020/R-23 ނަންބަރުގެ ދަށުން އޮޑިޓް ލައިސަންސިންގ އަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅުން

18 މާރިޗު 2020 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވާ ދިވެހި ރާއްޖޭގެ ޤާނޫނީ އޮޑިޓް ކުރުމުގެ ގަވާއިދު   2020/R-23 ނަންބަރުގެ ނުވަވަނަ ބާބުގެ 39 ވަނަ މާއްދާގައި ބަޔާން ކޮށް ފައިވާ ގޮތަށް، ހުރިހާ އޮޑިޓް ފާމްތަކާއި، އޮޑިޓަރުން، މަތީގައިވާ ގަވާއިދަށް ޢަމަލުކުރަން ފަށާތާ  1 (އެއް)  މަސްދުވަހުގެ ތެރޭގައި މިގަވާޢިދުގެ ދަށުން އޮޑިޓް ލައިސަންސަށް އެދި ހުށަހަޅަންވާނެއެވެ. އަދި މިހާރު ދޫކޮށްފައިވާ " އޮޑިޓް ޕްރެކްޓިސިންގ ސެޓްފިކެޓް" ގެ ދަށުން އޮޑިޓް ކުރުމުގެ ހުއްދަ ދެމިއޮންނާނީ، މިގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުންފެށިގެން 45 ( ސާޅީސް ފަހެއް) ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާ ގުޅިގެން، އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ދަތިތަކެއް ހުރެދާނެކަމަށް ވާތީ، އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ އަންނަނިވިގޮތަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ނިންމަވާފައެވެ.

1. އޮންލައިންކޮށް ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން.

[email protected]

2. މިމުއްދަތުގެ ތެރޭގައި ކޯޓް ކުލިއަރަންސް އަދި ޕޮލިސް ކުލިއަރަންސް ހޯދުމަށް ދަތިތަކެއް ހުރެދާނެތީ، އެތަކެތި ނުލާ އެޕްލިކޭޝަން ފޯމް ހުށަހެޅުން. ނަމަވެސް، ސަރުކާރު ހުޅުވޭތާ 2 މަސް ދުވަހުގެ ތެރޭގައި ކޯޓް ކުލިއަރަންސް އަދި ޕޮލިސް ކުލިއަރަންސް ހުށަހެޅުން.

3. ހުށަހަޅުއްވާ ލިޔެކިޔުންތައް އެޓެސްޓް ކުރައްވަން ދަތިތަކެއް ހުރިނަމަ، އެޓެސްޓް ނުކޮށް ހުށަހެޅިދާނެއެވެ. ނަމަވެސް، ސަރުކާރު ހުޅުވޭތާ 1 މަސް ދުވަހުގެ ތެރޭގައި އެޓެސްޓް ކުރުމަށް ފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

ވީމާ،ހުރިހާ ފާމްތަކާއި އަދި އޮޑިޓަރުންވެސް މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓް ލައިސަންސް އައު ކުރެއްވުމަށް އެދި އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. އަދި، އަލަށް ޤާނޫނީ އޮޑިޓް ކުރުމުގެ ހުއްދަ އެދި ފޯމް ހުށަހަޅާ ފަރާތްތަކުންވެސް މަތީގައިވާ ގޮތަށް އަމަލުކުރުމަށް ދަންނަވަމެވެ. އަދި އެއް ވެސް ފަރާތަކާ އިންޓަވިއު ކުރަން ޖެހިއްޖެ ހާލަތެއްގައި، އޮންލައިންކޮށް އިންޓަވިއު ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

05 އޭޕްރިލް 2020