ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)265/265/2020/9
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 09 އޭޕްރިލް 2020 20:30
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ވަގުތީ ބިން ދޫކުރުން

ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރުކަމަށްބަލާ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި އެއްވެސް ކުއްޔަކާއިނުލާ ރަށުގެ ދެކުނުފަރާތުން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަންކުރަން ބޭނުންވާ ގޭގެއިން ކޮންމެ ގެޔަކަށް 1 (އެކެއް) ބިމެވެ. ދަނޑުގެ ބޮޑުމިން ކަނޑައަޅާނީ އެކަމަށް އެދޭ ފަރާތްތަކަށް ނިސްބަތްކޮށް ދަނޑުދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބޮޑުމިނަށް ބަލައިގެންނެވެ. މިގޮތުން ދޫކުރެވޭ ދަނޑުތަކަކީ ކުރުމުއްދަތަށް ދޫކުރެވޭ ވަގުތީ ދަނޑުތަކަކަށްވާތީ މި ދަނޑުތަކުގައި ހެއްދޭނީ ގޮވާމާއި، ފަލަމަޑީގެ ބާވަތްތައް ފަދަ ކުރުމުއްދަތުގައި ހައްދައިގެން ކާނާ ލިބޭ ބާވަތްތަކެވެ.

މި އުސޫލުގެ ދަށުން ދަނޑުބިން ބޭނުންވާ ގޭގެއިން 09 އޭޕްރިލް 2020 ވަނަ ދުވަހުގެ ކުރިން މިއިދާރާގެ ނަންބަރު 6520036 ފޯނަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރުމަށް ގުޅުއްވާނީ ރޭގަނޑު 20:30 އިން 21:00 އާއި ދެމެދުއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

05 އޭޕްރިލް 2020