ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CDS6/471/2020/11
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 22:27
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގެ ރިސެޕްޝަނުންދޭ ޚިދުމަތްތަކަށް ބަދަލުއައުމާ ގުޅޭ

ޢާއްމު އިޢުލާން

     "ކޮވިޑް-19" ސިއްޚީ ކުއްލި ޙާލަތާ ގުޅިގެން، އެހެންގޮތެއް ކަނޑައެޅުއްވުމާ ހަމައަށް ސަރުކާރު ބަންދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަންގަވާފައިވާ ސަލާމަތީ ފިޔަވަޅުތަކަށް ރިޢާޔަތްކޮށް ސަރުކާރު ހުޅުވެންދެން، މިނިސްޓްރީއިން ވަކި ގޮތަކަށް ހުށަހެޅުމަށް އެދި ޢިއުލާން ކުރެވިފައިވާ ތަކެތި ފިޔަވައި، މިނިސްޓްރީއަށް ހުށަހަޅުއްވާ ސިޓީތަކާއި ފޯރމްތަކާއި އިތުރު ހުށަހެޅުންތައް މިނިސްޓްރީގެ އީމެއިލް ([email protected]) ނުވަތަ އީ-ގަވަމަންޓްގެ ޒަރިއްޢާއިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މީގެ އިތުރުން މިނިސްޓްރިއަށް ހުށަހަޅުއްވާ ލިޔެކިޔުންތަކާއި ހުށަހެޅުންތަކާއެކު ދެލިކޮޕީ ހުށަހަޅަންޖެހޭ ޙާލަތުގައި، ރައްކާތެރިކަމާއެކު އެތަކެތި ސިޓީ އުރައެއްގައި ބަންދުކޮށް، މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ނަމޫނާ ސްލިޕް ސިޓީއުރާގައި ތަތްކޮށް، މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިނިސްޓްރީގެ މައިދޮރު ކައިރީގައި ބަހައްޓަވާފައިވާ "ޑޮރްޕް ބޮކްސް" އަށް އެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން، ޑްރޮޕް ބޮކްސްއަށް އަޅުއްވާ ލިޔެކިޔުންތައް ބޮކްސްއަށް އެޅުއްވުމުގެ ކުރިން މިނިސްޓްރީގެ އިސްވެ ދެންނެވުނު މެއިލްއަށް ފޮނުއްވާ ދެއްވުމަށް ދަންނަވަމެވެ.

     ޑްރޮޕް ބޮކްސް އަށް ތަކެތި ހުށަހެޅޭނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހާއި، އަންގާރަ ދުވަހާއި އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އާ ދޭތެރޭގައެވެ. އަދި މި ވަގުތު ތަކުގައި ޑްރޮޕް ބޮކްސްއަށް ލެވޭ ތަކެތި މެންދުރު 12:00 ގައި ނެގޭނެއެވެ. މިހެންކަމުން، މެންދުރު 12:00ގެ ފަހުން ޑްރޮޕް ބޮކްސް އަށް ތަކެތި ނުލެވޭނެ ވާހަކަވެސް ދަންނަވަމެވެ.

     ޑްރޮޕް ބޮކްސް މެދުވެރިކޮށް ތަކެތި ހުށަހަޅާ ނަމޫނާ ސްލިޕް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ޑްރޮޕް ބޮކްސް އަށް ލެވޭ ލިޔެކިޔުން ބަލައިގަތް ކަމުގެ ސްލިޕް 05 ދުވަސްތެރޭގައި މެއިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

11 ޝަޢުބާން 1441

04 އޭޕްރިލް  2020

04 އޭޕްރިލް 2020