ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)133-AS/133/2020/4
                    ޕަބްލިޝްކުރި ތާރީޚް: 04 އެޕްރީލް 2020
                    ޕަބްލިޝްކުރި ގަޑި:  16:35
                                            ސުންގަޑި: 
                            16 އެޕްރީލް 2020 00:00
                        
                    
                ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އިއުލާން
                                ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް ވަނީ މެދުކަޑާލެވިފައެވެ. މިގޮތުން، އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާތީ، އަންނަނިވި ގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތް ތަކަށް އަންގަމެވެ.
އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދޭންވާނެއެވެ. މިގޮތަށް އަމަލު ކުރަމުން ގެންދާނީ 2020 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
                04 އެޕްރީލް 2020