ދިވެހިރާއްޖެ
އިޢްލާން
އަގު ކޮންޓްރޯލްކުރުމާބެހޭ
ޤާނޫނު ނަންބަރު 96/01 (މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިވަގުތު އިޤްތިޞާދީ ޙާލަތު ހުރި ގޮތަށް ރިޢާޔަތްކޮށް، ބައެއް ތަކެތިން އަގު ކޮންޓްރޯލްކުރުމަށް ނިންމައި 6 އެޕްރިލް 2020 އިން ފެށިގެން، ތިރީގައި ބަޔާންކުރާ ބާވަތްތައް ވަކިވަކިން (ރީޓެއިލް) ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި، އެކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
ތަފްޞީލު |
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވިއްކޭނެ އެންމެ މަތީ އަގު (ރުފިޔާ) |
1 ކިލޯގްރާމް އާދައިގެ ރަތް ފިޔާ |
20.00 |
1 ކިލޯގްރާމް އާދައިގެ އަލުވި |
20.00 |
1 ކިލޯގްރާމް ރީނދޫ މުގު |
45 |
1 ހުދު ކުކުޅު ބިސް |
1.80 |
(ހ) މި އަގުތައް ކޮންމެ ހަފްތާއަކު މުރާޖަޢާ ކުރެވޭނެއެވެ.
(ށ) މި އިޢުލާނުގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ، ޚިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް އެންމެ ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އަދި 6 (ހައެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެއެވެ.
މި މިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުވުމަށް ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
11 ޝަޢްބާން 1441
4 އެޕްރިލް 2020