ދިވެހިރާއްޖެ
ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް މިއޮތޯރިޓީގައި ރަޖިސްޓަރީކޮށް، ހުއްދަ ދީފައިވާ މަކްރޮލެބްސް، އިންޑިއާގެ (Melmet 500 mg ( Metformin HCL ރަޖިސްޓަރީ ކޮށްފައިވާ ޕެކްގެ އިތުރުން ހަމައެކަނި އިންޑިއާގެ ލޯކަލް މާކެޓަށް އުފައްދާފައިވާ Melmet އެއް ރާއްޖޭގައި މިހާރު ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަނުކުރާ ވަކި ޤައުމަކަށް ހާއްސަކޮށްގެން ތައްޔާރުކުރާ ބޭހަކީ ފެންވަރާއި އަދި އޭގެ ރައްކާތެރިކަން ބެލިފައިވާ ބޭހަކަށްނުވާތީ ބޭސް އެތެރެކުރުމާއި ވިއްކުމަކީ ބޭހުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ގާނޫނު ނަންބަރު 75 /78 ގެ ދަށުން މަނާ ކަމެއްކަން އާންމުކޮށް އަންގައި އިއުލާނު ކުރަމެވެ.
ދެންނެވިފައިވާ ބޭހުގެ އިންޑިއާގެ ލޯކަލް މާކެޓަށް އުފައްދާފައިވާ ބޭހާއި އަދި މި އޮތޯރިޓީގައި ރަޖިސްޓަރީކުރެވި ހުއްދަދެވިފައިވާ މެލްމެޓް ގެ ތަފާތު ތިރީގައި ދެންނެވިފައި މިވަނީއެވެ.
ބޭހުގެ ނަން |
ރަޖިސްޓަރީކޮށްފައިވާ ބޭސް |
ރަޖިސްޓަރީ ނުކުރާ ބޭސް |
Melmet 500 mg (Metformin HCL) |
|
|
މިބާވަތުގެ ލޯކަލް މާކެޓަށް އުފައްދާފައިވާ ބޭސް މިހާރަކަށް އައިސް އެތެރެކުރުމާއި ވިއްކުން އާއްމުވަމުންދާކަން މިއޮތޯރިޓީއަށް ދަނީ ފާހަގަކުރެވެމުންނެވެ. މިގޮތުން ބެކްޓޮކްލޭވް ޓެބްލެޓް، އާރް ބީޓޯން ކެޕްސޫލް އަދި މިލިކަލް ޓެބްލެޓް އަދި ސުޕިރޯސިން އޮއިންޓްމަންޓުގެ، ލޯކަލް މާކެޓަށް އުފައްދާފައިވާ ވައްތަރުތައް ވަނީ ފެނިފައެވެ. އަދި މި ތަކެތި މިހާރުވާނީ މާކެޓުން ރީކޯލްކޮށް ނައްތާލެވިފައެވެ.
ވީމާ މިއޮތޯރިޓީގައި ރަޖިސްޓަރީ ނުކުރާ، ހުއްދަނޫން، ލޯކަލް މާކެޓަށް އުފައްދާފައިވާ އަދި ވަކިހާއްސަ މާކެޓަކަށް އުފައްދާފައިވާ ބޭސް އެތެރެކޮށް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ 3014322 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
10 ޖުމާދަލްއާޚިރާ 1435ހ.