ދެންނެވުން
ނަންބަރު: (IUL)308/2020/21
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 16:32
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނުފަރާތުން ފަޅު ފުންކުރާ ސަރަޙައްދުގައި އަޅާފައިވާ އޮޑިދޯނިފަހަރު ނަގަން އެންގުން

އިޢުލާން

 

ދެކުނުފަރާތުން ފަޅު ފުންކުރާ ސަރަޙައްދުގައި އަޅާފައިވާ އޮޑިދޯނިފަހަރު ނަގަން އެންގުން

ދެކުނުފަރާތު ފަޅު ފުންކުރުމުގެ މަސައްކަތުގެތެރެއިން ފަޅުން ހިއްކަންޖެހޭބަޔަށް ވެލިއަޅާ ހިއްކުމުގެ މަސައްކަތްމިހާރުވަނީ ފަށާފައެވެ. އެހެންކަމުން އެސަރަޙައްދުގެ ފަޅުގައި އަޅާފައިވާ އެންމެހާ އޮޑިދޯނިފަހަރާއި ޑިންގީތަކާއި ލާންޗްތައް އެސަރަޙައްދުން ނެގުމަށް، އެތަކެތީގެ ވެރިފަރާތްތަކަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މިމަޝްރޫޢުގެ މަސައްކަތުގައި ބޭނުންކުރާ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ދެކުނުފަރާތު ފަޅަށް ވަނުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

ރަށުގެ ތަރައްޤީއަށާއި މަސްވެރިންނާއި އޮޑިވެރިންގެ ފަސޭހައަށް ހިންގާ މި މަޝްރޫޢުގެ މަސައްކަތްތަކަށް ރައްޔިތުން ބަހައްޓަވާ ޝަޢުޤުވެރިކަމާއި މިމަސައްކަތްކުރާ ކޮންޓްރެކްޓަރަށް ދެއްވަމުންގެންދަވާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކުރަމެވެ.

02 އޭޕްރިލް 2020