ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2020/20
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 15:46
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި ކައުންސިލްގެ އިދާރާ ހުޅުވުން

އިޢުލާން

 

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި ކައުންސިލްގެ އިދާރާ ހުޅުވުން

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާއި ގުޅިގެން ގިނަ ދުވަސްތަކަކަށް ސަރުކާރު ބަންދުކޮށްފައިވާތީ، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ދިނުމަށް، ކަނޑައަޅާ ވަކި ގަޑިތަކެއްގައި މިއިދާރާ ހުޅުވުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އެގޮތުން ކައުންސިލްގެ އިދާރާ ހުޅުވާފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރު 12:00 އަށެވެ. އަދި މިވަގުތުތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ކައުންސިލްގެ އިދާރާއިން ދެމުން ގެންދާނެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. ޚިދުމަތްތަކަށް އެދި ފޮނުވާ ލިޔުންތައް[email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

މިދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ތަންފީޒްކުރުމުގައި މިރަށުގެ ރައްޔިތުން ދެއްވަމުންގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. 

02 އޭޕްރިލް 2020