ދެންނެވުން
ނަންބަރު: (IUL)425-B6/1/2020/51
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 16:21
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
HPA އިން ވަކިގޮތަކަށް އަންގަވަންދެން އާންމު ޚިދުމަތްތަކާ ބެހޭ ބައިން މަގުބަންދުކޮށްގެން ކުރަމުންގެންދާ މަސައްކަތު ގަޑިތަކާ ބެހޭ

އިޢުލާން

 HPA އިން ވަކިގޮތަކަށް އަންގަވަންދެން އާންމު ޚިދުމަތްތަކާ ބެހޭ ބައިން މަގުބަންދުކޮށްގެން ކުރަމުންގެންދާ މަސައްކަތު ގަޑިތަކާ ބެހޭ

 

 

           މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލްކޮރޯނާ ވައިރަސް (ކޯވިޑް19) އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ނެރުއްވާފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން އެ އެޖެންސީން ވަކިގޮތަކަށް އަންގަވަންދެން ޢާންމު ޚިދްމަތްތަކާ ބެހޭބައިން ދޫކުރަމުން ގެންދާ މަގުބަންދުކޮށްގެން މަސައްކަތް ކުރުން ހަމަޖެހިފައިވަނީ ހެނދުނު 09:00 ން 15:00 އަށް ކަމުގައި ދެންނެވީމެވެ. އަދި މަގު ބަންދު ކުރުމުގެ ހުއްދަ އާއި މަގުމަތީ މަސައްކަތް ކުރުމުގެ ހުއްދަ އާއި ބޯޑު ދޫކުރުން އަދި ބަލައިގަތުމަށް ތިރީގައި ދެންނެވިފައިވާ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

v     ހުއްދަ ދޫކުރުން ކޮންމެ ހަފްތާއަކު ހޮނިހިރު ، ހޯމަ އަދި ބުދަ މި ދުވަސްތަކުގައި ހެނދުނު 08:00 ން 12:00 އަށެވެ.

 

              އަދި ދަންނަވަމެވެ. މަތީގައިވާ ހުއްދަތަކަށް ބޯޑު ދޫކުރުން، މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ހެނދުނު 08:00 ން 12:00 އަށް، އަދި ބޯޑު ބަލައިގަތުން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 08:00 ން 12:00 އަށެވެ.

ވީމާ މިކަން އަންގާ އިޢުލާން ކުރީމެވެ.

01 އޭޕްރިލް 2020