ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/425/2020/2
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި:
11 އޭޕްރިލް 2020 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
Male city market thakuge khidhumaiy dhey gadithakah badhalu geneumaa guhey
މާލެސިޓީގެ މަރުކޭޓުތަކުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނައުމާބެހޭ.
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލްކޮރޯނާ ވައިރަސް ( ކޯވިޑު 19 ) އާއި ގުޅިގެން ހެލްތުޕުރޮޓެކްޝަން އޮތޯރިޓީ ( HPA ) އިން ނެރުއްވާފައިވާ ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތާ ގުޅިގެން މާލެސިޓީގައި ހިމެނޭ މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާރުކޭޓްތަކުން ޚިދުމަތް ދޭ ގަޑިތަކަށް 02 އޭޕްރީލް 2020 ވަނަ ދުވަހުންފެށިގެން ތިރީގައި މިދަންނަވާގޮތަށް ވަނީ ބަދަލުގެނެވިފައެވެ.
- މާލޭ ލޯކަލްމާރުކޭޓް. ހެނދުނު 6:00 ން ހަވީރު 16:00 އަށް.
- މާލޭ ދަތުރުވެރިންގެ މާރުކޭޓް. ހެނދުނު 6:00 ން ހަވީރު 16:00 އަށް.
- މާލޭ މަސްމާރުކޭޓް . ހެނދުނު 6:00 ން ހަވީރު 16:00 އަށް.
- ވިލިމާލެ ލޯކަލްމާރުކޭޓް. ހެނދުނު 6:00 ން ހަވީރު 16:00 އަށް.
ވީމާ،މާރުކޭޓު ގޮޅިތައް ހިންގަވާ ފަރާތް ތަކުންނާއި އަދި މާރުކޭޓުން ވިޔަފާރި ކުރައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިތަކާ އެއްގޮތަށް އަމަލު ކުރައްވަމުން ގެންދެވުމަށް އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
01 އޭޕްރިލް 2020