ދިވެހިރާއްޖެ
އިޢުލާން
ތިނަދޫގައި ޕްރައިވެޓް ކޮލެޖެއް ޢިމާރާތްކޮށް މަތީތަޢުލީމުގެ ފުރުސަތު ފަހިކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށް މއިދާރާއިން ކުރި ނަންބަރ (IUL)415/415/2020/33 (04 މާރިޗް 2020) އިޢުލާންއަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރުން.
ތިނަދޫގައި މަތީތަޢްލޯމުގެ ފުރުސަތުތައް އިތުރު ކުރުމަށްޓަކައި،ޕްރައިވެޓް ކޮލެޖެއް ޢިމާރާތްކޮށް ހިންގުމަށް ތިނަދޫ ޣާޒީމަގަށް އިންވާ ގޮތަށް އެފް-10 ބްލޮކުން 136 ފޫޓް ދިގު 100 ފޫޓް ފުޅާ (13600 އަކަ ފޫޓުގެ) ބިމެއް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުތުތަކާ އެކުގައެވެ.
- ބިން ކުއްޔަށް ދޫކުރުމަށް އެގްރިމެންޓްކޮށް ބިން ޙަވާލު ކުރެވޭ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ބިމުގެ މަސައްކަތް ފެށުން.
 
- ބީލަން ކާމިޔާބުކުރުމަށް ބިން ކުއްޔަށް ޙަވާލުކުރެވޭ ފަރާތްނޫން އެހެން އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ބިން ޙަވާލުނުކުރުން.
 
- މަތީ ތަޢުލީމު ދިނުމަށާއި ތަޢްލީމާއި ގުޅުންހުރި މަސައްކަތެއް ފިޔަވައި އެހެން އެއްވެސް މަސައްކަތެއް އެބިމުގައި ނުކުރުން.
 
ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިމުގެ އަކަ ފޫޓްއަކަށް މަހަކު 25 (ފަންސަވީސް) ލާރިޔަށްވުރެ ކުޑަނޫން ޢަދަދަކަށެވެ. ވީމާ، ކޮލެޖު ޢިމާރާތްކުރުމަށް ޙާއްސަކޮށްފައިވާ ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
| 
 
  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 06 އޭޕްރީލް 2020  | 
 ހޯމަ  | 
 13.30 (މެންދުރު)  | 
 ގދ. ތިނަދޫ ކައުންސިލްގެ އިދާރާ  | 
| 
 ޕްރޮޕޯސަލް ހުށަހެޅުން  | 
 13 އޭޕްރީލް 2020  | 
 ހޯމަ  | 
 13.30 (މެންދުރު)  | 
 ގދ. ތިނަދޫ ކައުންސިލްގެ އިދާރާ  | 
މި ބިމަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.ބިން ޙަވާލުކުރާނެ ފަރާތްތައް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް،މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.