ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-E/10/2014/6
ޕަބްލިޝްކުރި ތާރީޚް: 11 އެޕްރީލް 2014
ޕަބްލިޝްކުރި ގަޑި: 13:10
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނަންބަރު IUL)10-E/10/2014/5 ގެ އިޢުލާނާގުޅޭ.
މި މިނިސްޓްރީގެ ނަންބަރު IUL)10-E/10/2014/5 ގެ އިޢުލާނާގުޅޭ.
ޙަވާލާދެވިފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ، މީހުން ބަންދުކުރުމަށް ތައްޔާރުކޮށްފައިވާ ތަންތަނުގެ އިތުރުން ތިރީގައި ބަޔާންކޮށްފައިވާ ތަންތަނަކީވެސް، ޤާނޫނު ނަންބަރު 2013 /13 (އެންޓި ޓޯޗަރ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޢުލާނުކުރަންޖެހޭ، މީހުން ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަން ކަމުގައި ދަންނަވަމެވެ. މި ތަންތަން ހިނގަމުންދަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުންނެވެ.
- ޑިޓެންޝަން ސެންޓަރު (ހުޅުމާލެ)
- މާލެ ޖަލު އެނެކްސް 1
11 ޖުމާދަލްއާޚިރާ 1435
11 އެޕްރީލް 2014