ދިވެހިރާއްޖެ
އިޢުލާން
ފައިލް ސްޓޯރޭޖް ސާރވަރ ސަޕްލައިކޮށްދިނުމާ ގުޅޭ
މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 (ކޮރޯނާ ވައިރަސް) ރާއްޖެއިންވެސް ފެނިފައިވުމާއެކު އެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރު މުއައްސަސާތައް 19 މާރިޗު 2020އިން ބަންދުކޮށްފައިވާތީ ، 07 / 2020 / އައި.ޔޫ / ޓީ - 57 ނަންބަރު އިޢުލާނާ ގުޅިގެން ނަން ނޯޓް ކުރުމުގެ ބަދަލުގައި އީމެއިލް މެދުވެރިކޮށް އިންޓަރެންސްޓް ހުރިކަން ބަޔާންކުރުމަށް ފަހު ތިރީގައިވާ މައުލޫމާތާ އެއްގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅޭ މުހިންމު ސުންގަޑިތައް:
ބިޑް ހުށަހެޅުއްވުމަށް އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރުން |
1 އެޕްރީލް 2020 އިން 6 އެޕްރީލް 2020 އަށް |
|
ބީލަމާ ގުޅިގެން ސާފުކުރަންޖެހޭ މާއުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުއްވުން |
7 އެޕްރީލް 2020 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން |
|
ބިޑް ހުށަހެޅުން |
ރައްޔިތުންގެ މަޖިލީހުގެ އިދާރާ |
12 އެޕްރީލް 2020 ވާ އާދީއްތަ ދުވަހު 13:00 އަށް |