ދެންނެވުން
ނަންބަރު: (IUL)425-B6/1/2020/47
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 21:02
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
29 މާރިޗް 2020 ދުވަހުން ފެށިގެން 04 އޭޕްރިލް 2020 ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވުމާ ގުޅިގެން އާންމު ޚިދުމަތްތަކާ ބެހޭ ބައިން ރައްޔިތުންނަށް ދެމުންގެންދާ ޙިދުމަތްތަކާ ބެހޭ

އިޢުލާން

 29 މާރިޗް 2020 ދުވަހުން ފެށިގެން 04 އޭޕްރިލް 2020 ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވުމާ ގުޅިގެން  އާންމު ޚިދުމަތްތަކާ ބެހޭ ބައިން ރައްޔިތުންނަށް ދެމުންގެންދާ ޙިދުމަތްތަކާ ބެހޭ    

 

 

          29 މާރިޗް 2020 ވަނަ ދުވަހުން ފެށިގެން 04 އޭޕްރިލް 2020ގެ ނިޔަލަށް  ސަރުކާރު ބަންދުކުރުމާއި ގުޅިގެން، އާންމު ޚިދުމަތްތަކާ ބެހޭބައިން ކުރިން ދޫކުރަމުން ގެންދިޔަ ރޭގަނޑު މަގުބަންދު ކޮށްގެން ކުރާ މަސައްކަތް މި ފެށޭ ބަންދު ހަފްތާ ގައި ކުރުމަށް ހަމަޖެހިފައިވަނީ ދުވާލު ގަޑީގައެވެ. ވީމާ، މަގު ބަންދު ކުރުމުގެ ހުއްދަ އާއި މަގުމަތީ މަސައްކަތް ކުރުމުގެ ހުއްދަ އާއި ބޯޑު ދޫކުރުން އަދި ބަލައިގަތުމަށް ތިރީގައި ދެންނެވިފައިވާ ތާޢާވަލާ އެއްގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

 

  •  29، 30 މާރިޗް 2020 މި 2 ދުވަހުގެ ހުއްދަތައް ދޫކުރުން  28 މާރިޗް 2020 ވާ ހޮނިހިރު ދުވަހުގެ 08:00 ން 12:00 އަށް.
  • 31 މާރިޗް 2020 އަދި 01 އޭޕްރިލް 2020 މި 2 ދުވަހުގެ ހުއްދަތައް ދޫކުރުން 30 މާރިޗް 2020 ވާ ހޯމަ ދުވަހުގެ 08:00 ން 12:00 އަށް.
  • 02، 04 އޭޕްރިލް 2020 މި 2 ދުވަހުގެ ހުއްދަތައް ދޫކުރުން 01 އޭޕްރިލް 2020 ވާ ބުދަ ދުވަހުގެ 08:00 ން 12:00 އަށް.

              އަދި ދަންނަވަމެވެ. މަތީގައިވާ ހުއްދަތަކަށް ބޯޑު ދޫކުރުން، މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ހެނދުނު 08:00 ން 12:00 އަށް، އަދި ބޯޑު ބަލައިގަތުން ރޭގަނޑު 20:00 ން 22:00 އަށެވެ.

ވީމާ މިކަން އަންގާ އިޢުލާން ކުރީމެވެ.

26 މާރިޗު 2020