ޢާންމު މަޢުލޫމާތު
ނަންބަރު: PR/SDFC/2020/02
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 26 މާރިޗު 2020 00:00
އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮވިޑް-19 އާ ގުޅިގެން އަލަށް ފަށާ ވިޔަފާރިތަކާއި ޕްރޮޖެކްޓްތަކަށް އެސްޑީއެފްސީއިން ދޫކުރާ ލޯނުތައް މެދުކަނޑާލުން

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން 26 މާރިޗު 2020 އިން ފެށިގެން އަލަށް ފަށާ ވިޔަފާރިތަކާއި ޕްރޮޖެކްޓްތަކަށްލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުންވަނީ މެދުކަނޑާލެވިފައެވެ. 

މިކޯޕަރޭޝަނުން މިވަގުތަށް އިސްކަންދެނީ ކޮވިޑް-19 އާ ގުޅިގެން މިހާރު ހިންގަމުންގެންދާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށްވާތީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް އަންނަމުންދާ ބަދަލުތަކަށް ބެލުމަށްފަހު އަލަށް ފަށާ ވިޔަފާރިތަކާއި ޕްރޮޖެކްޓްތަކަށް ލޯނަށް އެދި ހުށަހެޅޭނެ ތާރީޚެއް ޢިއުލާން ކުރެވޭނެއެވެ.

މިކޯޕަރޭޝަނުން ދުކުރާ ލޯނުތަކާއި ގުޅޭ އިތުރު މަޢުލޫމާތު އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ވެބްސައިޓު(www.sdfc.mv) މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

26 މާރިޗު 2020