ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)14-PR/1/2020/18
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 1526
ސުންގަޑި: 01 ޖަނަވަރީ 1970 0500
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ނެޓްވޯކް އިކުއިޕްމަންޓްސް އަދި ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން

އިޢުލާން

 

މިއޮފީހަށް ބޭނުންވާ ނެޓްވޯކް އިކުއިޕްމަންޓްސް އަދި ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ދެވަނަ ފަހަރަށް ކުރި ނަންބަރު (IUL)14-PR/1/2020/12 (18 މާރިޗު 2020) އިޢުލާންގައި އަންދާސީހިސާބު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ދުވަސް (30 މާރިޗު 2020 ވަނަ ދުވަހުގެ 14:00) ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އަންދާސީހިސާބު ހުށަހަޅާ ދުވަސް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 ވީމާ، ޙަވާލާދެވުނު އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާނެ ތާރީޚް މިއޮފީހުން އަލުން އިޢުލާންކުރާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  ނުވަތަ 7946663 ފޯނަށް ގުޅުއްވުން އެދެމެވެ.

  02 ޝަޢުބާން 1441

  26 މާރިޗު  2020   

 

2020-03-26