ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2020/133
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 15:09
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫގެ އަވަށްތަށް ޑިސްއިންފެކްޓް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާ ގުޅޭ

އިޢުލާން

 މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 27 މާރިޗު ވާ ހުކުރު ދުވަހު ހެނދުނު 08:00 އިން ފެށިގެން ކަނޑައެޅޭ ދުވަސްތަކުގައި އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ޢާންމު ސަރަޙައްދުތަކުގައި އައިސް ފޮށި ބަހައްޓައިގެން މަސްވިއްކުމާ ، ހުއްދަ ނެތި ކާބޯތަކެތި ވިއްކުން ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށް އަންގަމެވެ.

މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01  ޝަޢުބާން 1441

25 މާރިޗު 2020