ނޫސްބަޔާން
ނަންބަރު: PR/SDFC/2020/01
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 19:55
އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮވިޑް-19 އާ ގުޅިގެން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީ ދޫކޮށްފައިވާ ލޯނުތައް ދެއްކުމުގައި ލުއިފަސޭހަގޮތެއް ހަމަޖެއްސުން

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ ވިޔަފާރިތަކުގެ %90 ހިއްސާކުރާ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ކޯޕަރޭޝަނުން ދޫކޮށްފައިވާ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ތިރީގައިވާގޮތަށްވަނީ ހަމަޖައްސަފާއެވެ.   

  • މިކޯޕަރޭޝަނުން ދޫކޮށްފައިވާ ލޯނުތަކާ ގުޅިގެން މަހުންމަހަށް ދައްކަންޖެހޭ ފައިސާއާއި އިންޓްރެސްޓް 01 މާރިޗް 2020 އިން ފެށިގެން 06 މަސްދުވަހަށް ފަސްކުރުން.
  • މި 06 މަސްދުވަހުގެ ތެރޭގައި ދައްކަންޖެހޭ އިންޓްރެސްޓްގެ އަދަދު %4 އަށް ކުޑަކުރުން.

އަދި މީގެ އިތުރުން، މި 06 މަސްދުވަހުގެ ތެރޭގައި އަލަށް ދޫކުރެވޭ ލޯނުތައް، މިމުއްދަތަށް ފެތޭގޮތަށް މަތީގައިވާ އުސޫލުން ކުރިއަށް ގެންދެވޭނެއެވެ.

ފާއިތުވި އެއް އަހަރުތެރޭގައި، މި ކޯޕަރޭޝަނުންވަނީ  440 ފަރާތަކަށް، 543 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައެވެ. މިލޯނުތައް ދޫކުރުމުގައި އިސްކަންދެވިފައިވާ ދާއިރާތަކަކީ ޓުއަރިޒަމް، ދަނޑުވެރި ކަން، މަސްވެރިކަން، އުފެއްދުންތެރިކަމާއި ގުޅުންހުރި ވިޔަފާރިތައް އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ވިޔަފާރިތަކަށެވެ.

18 މާރިޗު 2020