ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-PRS/1/2020/17
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 1711
ސުންގަޑި: 01 ޖަނަވަރީ 1970 0500
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދުނިޔޭގައި މިހާރު ފެތުރެމުންދާ "ކޮވިޑް-19" ރޯގާއާގުޅިގެން ކަސްޓަމްސްއިން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނައުމާބެހޭ

އިޢުލާން

 

 

ދުނިޔޭގައި މިހާރު ފެތުރެމުންދާ "ކޮވިޑް-19" ރޯގާއާގުޅިގެން ކަސްޓަމްސްއިން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނައުން

 

މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރޯގާއާ ގުޅިގެން 2020 މާރިޗު 19 ން 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމަށް ނިންމުމާ ގުޅިގެން ކަސްޓަމްސްއިން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް ކޮންމެހެން ބޭނުންވާ ސެކްޝަންތައް ފިޔަވައި ކަސްޓަމްސްގެ އެެހެނިހެން ސެކްޝަންތައް 2020 މާރިޗު 19 ވަނަ ދުވަހުން ފެށިގެން ބަންދުކަމުގައި ދެންނެވީމެވެ.

2020 މާރިޗު 19 ވަނަ ދުވަހުން ފެށިގެން ކޮންމެހެން ޚިދުމަތް ދޭންޖެހޭ ސެކްޝަންތަކުގެ މަސައްކަތު ގަޑިތައް ތިރީގައިވާ ތާވަލާއެއްގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މި މުއްދަތުގެ ތެރޭގައި  ކަސްޓަމްސްގެ ބައެއް ސެކްޝަންތައް ބަންދު ކަމުގައިވީނަމަވެސް މާލޭ އޭރިއާ އަދި އެއްވެސް ރީޖަނަލް އޮފީހަކާ ގުޅޭ ޚިދުމަތެއް ކޮންމެހެން ދޭންޖެހިއްޖެ ހާލަތެއްގައި އެތަންތަނުން ޚިދުމަތްދެވޭނެ ވާހަަކަ ދެންނެވީމެވެ.

އެއަރކާގޯ ޑޮކިއުމެންޓޭޝަން އަދި އެއަރކާގޯ އެގްޒަމިނޭޝަން

ހެނދުނު 06:00 ން

މެންދަމު 01:30 ށް

ހަފްތާގެ ހުރިހާ ދުވަހަކު

ސީކާގޯ ޑޮކިއުމެންޓޭޝަން އަދި ސީކާގޯ އެގްޒަމިނޭޝަން

ހެނދުނު 08:00 ން

ރޭގަނޑު 20:00 ށް

ހުކުރު ދުވަސް ބަންދު

ސީޕޯރޓް ސަރވެއިލްންސް އެންޑް އިންޓަރޑިކްޝަން

ހެނދުނު 08:00 ން

ރޭގަނޑު 20:00 ށް

ހަފްތާގެ ހުރިހާ ދުވަހަކު

ހުޅުމާލެ ޑޮކިއުމެންޓޭޝަން އަދި ހުޅުމާލޭ ސީކާގޯ އެގްޒަމިނޭޝަން

ހެނދުނު 08:00 ން

ރޭގަނޑު 20:00 ށް

ހުކުރު ދުވަސް ބަންދު

ބޮންޑެޑް ވެއަރހައުސް ޑޮކިއުމެންޓޭޝަން އަދި އެގްޒަމިނޭޝަން

ހެނދުނު 07:30 ން

ހަވީރު 16:00 ށް

ހުކުރު ދުވަސް ބަންދު

ކ.ތިލަފުށި ކަސްޓަމްސް

ހެނދުނު 08:30 ން

މެންދުރު 14:30 ށް

ހުކުރު ދުވަސް ބަންދު

ސ. ގަން ކަސްޓަމްސް

ހެނދުނު 07:30 ން

ހަވީރު 15:00 ށް

ހުކުރު ދުވަސް ބަންދު

ޕެސެންޖަރ ކްލިއަރެންސް ސެކްޝަން

24 ގަޑިއިރު

ހަފްތާގެ ހުރިހާ ދުވަހަކު

ހާބަރ މެނޭޖްމެންޓް ސެކްޝަން

ކަނޑުގެ އުޅަނދު ފަހަރަށް އިންވާރޑް ކްލިއަރެންސް ދޭންޖެހޭ ހާލަތްތަކުގައި ޚިދުމަތް ލިބޭނެ

                              

އަދި މި މުއައްސަސާއިން ދެމުންދާ އެއްވެސް ޚިދުމަތަކާ ގުޅޭގޮތުން މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ އެކަމާ ގުޅޭ ތިރީގައިވާ ނަންބަރުތަކާ ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.

 

ކަސްޓަމްސް ސަޕޯރޓް ސެންޓަރ

3322001

ޕެސެންޖަރ ކްލިއަރަންސް ސެކްޝަން

7985686

އެއަރކާގޯ ޑޮކިއުމެންޓޭޝަން

7985667

އެއަރކާގޯ އެގްޒަމިނޭޝަން

7930286

ސީކާގޯ ޑޮކިއުމެންޓޭޝަން

7925197

ޓެރިފް އެންޑް ސްޓެޓިސްޓިކްސް

3334131

ސީކާގޯ އެގްޒަމިނޭޝަން

7982340

ސީޕޯރޓް ސަރވެއިލްންސް އެންޑް އިންޓަރޑިކްޝަން

7951549

ހުޅުމާލެ ޑޮކިއުމެންޓޭޝަން

7948034

ހުޅުމާލޭ ސީކާގޯ އެގްޒަމިނޭޝަން

7906199

ބޮންޑެޑް ވެއަރ ހައުސް

7948034

ހާބަރ މެނޭޖްމެންޓް ސެކްޝަން

7967622

ހއ.އުލިގަމް ކަސްޓަމްސް

7909968

ހދ.ހަނިމާދޫ ކަސްޓަމްސް

7925418

ހދ.ކުޅުދުއްފުށި ކަސްޓަމްސް

7904778

ކ.ތިލަފުށި ކަސްޓަމްސް

7951547

ލ.ގަން ކަސްޓަމްސް

7794675

ގއ.ވިލިނގިލި ކަސްޓަމްސް

7794581

ސ.ގަން ކަސްޓަމްސް

7792863

ސ.ހިތަދޫ ކަސްޓަމްސް

9972863

އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

7930285

 

                        

                             23 ރަޖަބް   1441  

                             18 މާރިޗު   2020

 

 

2020-03-18