އިންޝުއަރެންސް
ނަންބަރު: (IUL)138-AS6/1/2020/43
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 16:31
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 704 ފްލެޓްތައް އިންޝުއަރކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
- ސަރުކާރުގެ "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 704 ފްލެޓްތައް އިންޝުއަރކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2020/41 (01 މާރިޗު 2020) އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް އައުމާއި ގުޅިގެން، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑަށް ރަޖިސްޓަރ ކުރެއްވުމަށް 2020 މާރިޗު 24 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ބިޑަށް ރަޖިސްޓަރ ވުމުގައި ހިމަނަންޖެހޭ މަޢުލޫމާތުތައް މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ. އަދި ބިޑަށް ރަޖިސްޓަރ ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
- މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ ބީލަން ހުށަހެޅުމުގެ އެންމެ ލަސްވެގެން 02 (ދޭއް) ދުވަސް ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި ސަރުކާރު ހުޅުވޭ އެންމެ ފުރަތަމަ ދުވަހު އިޢުލާންކޮށް އަންގާނެވާހަކަ ދަންނަވަމެވެ.
- މި މަސައްކަތަށް ހުށަހަޅުއްވާ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000.00/-(ދިހަހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.
18 މާރިޗު 2020