މަސައްކަތް
ނަންބަރު: (IUL)438-ED/438/2020/94
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 31 މާރިޗު 2020 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"މާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކުގެ ހާލަތު ދެނެގަތުން" ގެ އިޢުލާނާއި ގުޅޭ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ މުއްދަތު އިތުރުކުރުން

ޖަޕާން ސަރުކާރުގެ އެހީގައި ގާއިމުކޮށްފައިވާ އިރުގެ އަލިން ކަރަންޓު އުފައްދާ ސިސްޓަމްތަކަށް ދިމާވެފައިވާ މަސައްލަތައް ދެނެގަނެ، އެކަންކަން ރަނގަޅުކުރުމަށާއި، އެ ސިސްޓަމްތަކުން އުފައްދާ ކަރަންޓު ގްރިޑަށް ފީޑްކުރުމަށް ކުރަންޖެހޭކަންކަމާއި އެކަމަށް ހިނގާނެ ޚަރަދުގެ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތްގެ ބީލަން ހުށަހެޅުމަށް ކުރިން ކަނޑައަޅާފައިވާ ތާރީޚަކީ 25 މާރިޗު 2020 ވާ ބުދަ ދުވަހެވެ. ނަމަވެސް،19 މާރިޗު 2020 ން 26 މާރިޗު 2020 އަކީ ސަރުކާރު ބަންދު ދުވަސް ތަކެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން މިމަސައްކަތުގެ ބީލަން ހުޅުވުން 31 މާރިޗު 2020 ގެ 11:00 އަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ނަމަވެސް ސަރުކާރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިނަމަ، ބީލަން ހުޅުވާނީ އެންމެ އަވަހަށް ސަރުކާރު ހުޅުވޭ ދުވަހެއްގެ 10:00 ގައެވެ.

18 މާރިޗު 2020