ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 182-MTG/2020/11
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 31 މާރިޗު 2020 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެ އިމްޕޯޓްކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ މަސައްކަތާއި ބެހޭ

އިޢުލާން

           

                 ރާއްޖެ އިމްޕޯޓްކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ޓެސްޓް ކުރުމުގެ މަސައްކަތް މިއޮތޯރިޓީއިން ދަނީ ކުރަމުންނެވެ. އެގޮތުން އެސެންޝިއަލް މެޑިސިން ލިސްޓްގައި ހިމެނޭ ބޭސްތަކުގެ ތެރެއިން އާއްމުކޮށް ބޭނުން ކުރާ ބޭސް ރެންޑަމް ކޮށް މާރކެޓުން ނަގައި، ޑަބްލިއު.އެޗް.އޯ ކޮމްޕްލައިންސް ލެބޯޓްރީ ތަކުން ތަހުލީލު ކޮށް ޓެސްޓުގެ ނަތީޖާ ވަނީ ލިބިފައެވެ.

ނަތީޖާ ލިބިފައިވާ ބޭސްތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ބޭހުގެ ބެޗް ތަހުލީލުތަކުން ފެއިލްވެ ، އަދި މިއީ މިބޭހުގައި ހުންނަންވާ މިންގަނޑުތަކަށް ނުފެތޭ ބޭހަކަށްވާތީ، ދެންނެވިފައިވާ ބޭހުގެ ބެޗް އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުން ކުރުމަކީ މަނާ ކަމެއްކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މާރކެޓްގައި ހުރި މިބެޗްތައް މިއޮތޯރިޓީގެ ފަރާތުން ނަގަމުން ގެންދާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ އަދި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން މިކަން ބަލައި އިންވެސްޓިގޭޓްކުރުމަށް، ދެންނެވިފައިވާ ބްރޭންޑްގެ އިތުރު ބެޗްތައް ތަހްލީލު ކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ

Batch Number

Manufacturer/country of Origin

Brand/Dosage form/Strength

Generic Name

#

MD35802

Atoz Pharmaceticals Pvt Ltd., India

Tablet Mefanor 500mg

Mefenamic Acid BP

1

 

          

 

                                              23 ރަޖަބު 1441 ޚ 

18 މާރިޗު 2020