ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2020/6
އއ.ފެރިދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން
މިކައުންސިލުން ދައްކާ ކުރެހުމާ އެއްގޮތަށް މިރަށު ބަނދަރު ސަރަޙައްދުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމަށް ބޭނުންވެގެންކުރި މިއިދާރާއިން ކުރި ނަންބަރ: A/IUL/344/2020/2 ( ޖެނުއަރީ 13 2020 ) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް މިކައުންސިލަށް ފާހަގަ ކުރެވިފައިވާތީއާއި އަދި އެ މަސައްކަތަށް ބައެއް ބަދަލުތަކެއް ގެންނަން ބޭނުންވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން |
08 އެޕްރީލް 2020 ވާ ބުދަ ދުވަހުގެ 10:00 އަށް |
19 އެޕްރީލް 2020 ވާ އާދީއްތަ ދުވަހުގެ 10:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، މަޢުލޫމާތު ސާފުކުރެއްވި ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.
23 ރަޖަބް 1441