ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)133-AS/1/2020/2
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި:
20 މާރިޗު 2020 00:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިޑިޕާޓްމަންޓުންދޭ ހިދުމަތްތަކާއި، ހިދުމަތްދޭ ގަޑިތަކަށް ގެނެވުނު ބަދަލު
މިޑިޕާޓްމަންޓުންދޭ ޚިދުމަތްތަކާއި، ޚިދުމަތްދޭ ގަޑިތައް 18 މާރޗް 2020 ވާ ބުދަ ދުވަހުން ފެށިގެން ތިރީގައި މިދަންނަވާގޮތަށް ހަމަޖައްސާފައިވާ ވާހަކަ އާންމު ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
- އެޕްލިކޭޝަން ހުށަހެޅުމަށް ނަމްބަރު ދޫކުރުން: 8:05 އިން 12:00 އަށް
- އެޕްލިކޭޝަން ހުށަހެޅުމަށް ދޫކުރާނީ ދުވާލަކަށް 50 ނަމްބަރު
- ކާޑު އިޝޫ ކުރުމަށް ނަމްބަރު ދޫކުރުން: 8:05 އިން 13:00 އަށް (ކާޑު ދޫކުރާނީ 9:00 އިން ފެށިގެން)
- އަތޮޅު ތެރެއިން ހަދަން ހުށަހަޅާ ކާޑު ދޫކުރުމަށް ނަމްބަރު ދޫކުރެވޭނީ 8:05 އިން 11:00 އަށް
- އަތޮޅު ތެރެއިން ހަދަން ހުށަހަޅާ ކާޑު ނެގުމަށް ދޫކުރާނީ 50 ނަމްބަރު
- އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފޯމް ފުރުއްވުމަށާއި ސޮއި ކުރެއްވުން ފަދަ ކަންކަމަށް އެބޭފުޅެއްގެ އަމިއްލަފުޅު ގަލަމެއް ބޭނުން ކުރެއްވުން އެދެމެވެ.
23 ރަޖަބް 1441
18 މާރޗް 2020
18 މާރިޗު 2020