ދެންނެވުން
ނަންބަރު: (IUL)425-B6/1/2020/44
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 16:52
ސުންގަޑި: 26 މާރިޗު 2020 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
19 މާރޗް 2020 ދުވަހުން ފެށިގެން 26 މާރޗް 2020 ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވުމާ ގުޅިގެން އާންމު ޚިދުމަތްތަކާ ބެހޭ ބައި ރައްޔިތުންނަށް ދެމުންގެންދާ ޙިދުމަތްތަކާ ބެހޭ

އިޢުލާން

 19 މާރޗް 2020 ދުވަހުން ފެށިގެން 26 މާރޗް 2020 ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވުމާ ގުޅިގެން  އާންމު ޚިދުމަތްތަކާ ބެހޭ ބައި ރައްޔިތުންނަށް ދެމުންގެންދާ ޙިދުމަތްތަކާ ބެހޭ    

 

 

      މާރޗް 19 ވަނަ ދުވަހުން ފެށިގެން 26 މާރޗްގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ރައީސުލްޖުހޫރިއްޔާގެ ކެބިނެޓުން ނިއްމަވާފައިވާތީ ، މިދުވަސްތަކުގައި މި ސެކްޝަނުން ދޫކުރާ އެހެނިހެން ހުއްދަތަކާއި ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް މިމުއްދަތު ތެރޭގައި މިކައުންސިލުން ދޫނުކުރާނެ ވާހަކަ ދަންނަވަމެވެ. އަދި މި ސެކްޝަނުން  ދެމުންގެންދާ  ޚިދުމަތްތަކުގެ  ތެރެއިން 19 މާރޗް 2020  ކުރިން  ދޫކޮށްފައިވާ  ބޯޑުތަކާއި،  އަދި 

19 މާރޗުން 26 މާރޗުގެ ނިޔަލަށް ފައްތިއާ ފަޅުހުއްދަ އަށް ދައްކަންޖެހޭ ފައިސާ މިމުއްދަތު ތެރޭގައި ޖޫރިމަނާ ނުވެ ސަރުކާރު އޮފީސްތައް ހުޅުވޭ ދުވަހު ދެއްކޭނެ އިންތިޒާމް ވަނީ މިކައުންސިލުން ހަމަޖައްސާފައެވެ. ނަމަވެސް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު މަތީގައި ދެންނެވިފައިވާ ޚިދުމަތްތަކުގެ ތެރެއިން ދައްކަވަންޖެހޭ ފައިސާ އެދުވަހު  ނުދައްކަވައިފިނަމަ ދެން ފައިސާ ބަލައިގަނެވޭނީ ޖޫރިމަނާ ފައިސާ އެކުގައި ކަމަށް ދެންނެވީމެވެ.   

                          ވީމާ މިކަން އަންގާ އިޢުލާން ކުރީމެވެ.

17 މާރިޗު 2020