ޢާންމު މަޢުލޫމާތު
ނަންބަރު: Sportsco/IUL/2020/7
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 11 އޭޕްރިލް 2020 23:59
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި އޮފީހަށް ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަންނަ ޢުޞޫލަށް ބަދަލުގެނައުން

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 އިން ޤައުމު ސަލާމަތް ކުރުމަށްޓަކައި ޤައުމީފެންވަރުގައި ކުރެވެމުންދާ މަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުމުގެ އިތުރުން މި އޮފީހަށް ޒިޔާރަތްކުރައްވާ ފަރާތްތަކާއި މި އޮފީހުގެ މުވައްޒަފުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި މި އޮފީހުން އަޅާ ފިޔަވަޅެއްގެ ގޮތުން 22 މާރިޗް 2020 ވާ އާދީއްތަ ދުވަހުން ފެށިގެން އެކިފަރާތްތަކުން މި އޮފީހަށް ހުށަހަޅަންޖެހޭ ޢާންމު ސިޓީތަކާއި، އިންވޮއިސްތަކާއި އަދި ލީފްލެޓްތައް ފަދަ އެންމެހާ ލިޔެކިޔުންތައް މި އޮފީގެ މެއިލް [email protected] މެދުވެރިކޮށް މިއޮފީހަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި މަތީގައި ދަންނަވާފައިވާ ތާރީޚުން ފެށިގެން އެފަދަ ލިޔެކިޔުންތައް މި އޮފީހުގެ ރިސެޕްޝަނަށް ބަލައިނުގަންނާނެކަން އެންގީމެވެ.

ވީމާ، މިނިސްޓްރީ އޮފް ހެލްތުން އިޢުލާން ކޮށްފައިވާ ޢާންމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތަށް މި އިޢުލާނާއި އެއްގޮތަށް މި އޮފީހުން ޢަމަލުކުރަމުން ގެންދާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

17 މާރިޗު 2020