ދިވެހިރާއްޖެ
މި ކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މިކުންފުނިން 09 ފެބްރުއަރީ 2020 ވަނަ ދުވަހު ކޮށްފައިވާ އިޢުލާން (އިޢުލާން ނަންބަރ:- IL-KPL/2020/004) ގައިވާ ގޮތުގެމަތިން ބިޑް ހުށައެޅުއްވި ފަރާތްތަކުގެ ބިޑުތައް ފުރިހަމަ ނުވާތީ އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
މި ކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުންފުނިން ބޭނުންކުރަމުން އަންނަ ޓީޝާޓް / ޔުނީފޯމް ފަހައިދީ ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 މާރޗް 2020 ވާ ބުދަ ދުވަހުން ފެށިގެން 24 މާރޗް 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އޮފީހަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މާރޗް 2020 ވާ ބުދަ ދުވަހުގެ 13:30 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 08 އޭޕްރިލް 2020 ވާ ބުދަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ދެންނެވިފައިވާ މުއްދަތުގައި ނަންނޯޓް ކުރެއްވި ފަރާތްތަކަށާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
- އަންދާސީ ހިސާބު ހުށައަޅުއްވާނީ ތިރީގައި މިދަންނަވާގޮތަށް ބީލަން ހުށައަޅާ ސިޓީ އުރައިގެ ބޭރުގައި ޖެއްސެވުމަށްފަހު އެވެ.
- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު / ހދ ކުޅުދުއްފުށި
- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން ދައްކާ ނަމޫނާ އާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ޓީޝާޓް / ޔުނީފޯމް ފަހައި ފޯރުކޮއްދިނުމަށް އެދި.
- އިޢުލާން ނަންބަރ : IL-KPL/2020/006
- ބިޑް ހުޅުވުން
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 08 އޭޕްރިލް 2020 ވާ ބުދަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ޖަލްސާކުރާ ހޯލުގައި މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.