ދިވެހިރާއްޖެ
`
މުލަކު ސްކޫލް
މ.މުލައް ނަންބަރު:GS166/IUL/2020/008
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މުލަކު ސްކޫލުގެ ކުނި އުކާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
1 މިސްކޫލުން އުކާލަން ބޭނުންވާ ކުނިތައް އުކާލަދިނުމަށް ޝަޢުގުވެރިކަން ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2 މިބީލަމާގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 މާރޗް 25 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ. ބީލަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރި ފަރާތްތަކަށެވެ.
3 މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 މާރޗް 26 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 މާރޗް 30 ވަނަ ދުވަހުގެ 13:00 ގައި މިސްކޫލުގައެވެ.
5 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް: މި މަސައްކަތާއި ގުޅިގެން ކުރެވުނު އިޢުލާން ނަންބަރ GS166/IUL/2020/007 (09 މާރޗް 2020) މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާވަރަށް މީހުން ޙާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލް ކުރެވުނު ވާހަކަ ދެންނެވީމެވެ.
މުލަކު ސްކޫލް
ޗާންދަނީމަގު، މ. މުލައް، ދިވެހިރާއްޖެ.
ފޯން: 7952903 , 7988183
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: -
22 ރަޖަބް 1441
17 މާރޗް 2020