ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)13-E/13/2020/87
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 13:57
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
މި މިނިސްޓްރީއިން ސިޓީ، އާއި ތަކެތި ބަލައި ގަތުން

ދުނިޔޭގައި ހަލުވި ކަމާއިއެކު މިހާރު ފެތުރެމުންދާ  COVID-19 އިން ރައްކާތެރި ވުމުގެ ގޮތުން 17 މާރިޗު 2020 ވާ (އަންގާރަ) ދުވަހުން ފެށިގެން، މި މިނިސްޓްރީގެ ރިސެޕްޝަނުން ސިޓީއާއި، އިންވޮއިސް ފަދަ ތަކެތި ބަލައިގަތުން ހުއްޓާލެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި ޢާއްމު ފަރާތްތަކުން 17 މާރިޗު 2020 ވާ (އަންގާރަ) ދުވަހުން ފެށިގެން މި މިމިނިސްޓްރީއަށް ފޮނުވާ ލިޔެކިއުންތަކާއި ކާޑު ފަދަ ތަކެތި ބަލައި ގަނެވޭނީ މި މިނިސްޓްރީގެ [email protected] މެއިލް މެދުވެރިކޮށް ކަމުގައި ދެންނެވީމެވެ.

 

ވީމާ، ރާއްޖޭގައި އިޢުލާން ކޮށްފައިވާ އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަކި ގޮތަކަށް ބަދަލުވަންދެން، މި މިނިސްޓްރީއިން ތަކެތި ބަލައި ގަނެވޭނީ މަތީގައި ދެންނެވިފައިވާ އީމެއިލްއިން ކަމުގައި ދެންނެވީމެވެ. އަދި އަޅުގަނޑުމެންގެ މުވައްޒަފުންގެ ރައްކާތެރިކަމަށް މި ދަނޑިވަޅުގައި ގެނެވޭ ބަދަލުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ފުރުސަތުގައި މަޢާފަށް އެދެމެވެ.

16 މާރިޗު 2020