ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286- ADM/286/2020/18
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 23 މާރިޗު 2020 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢްވަތު - ކެނދިކުޅުދޫ ސިއްޙީމަރުކަޒުގެ އިމާރާތް

ނ.ކެނދިކުޅުދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް  ޝައުޤުވެރިވާ ފަރާތްތައް 17 މާރޗް 2020 ވާ އަންގާރަ ދުވަހުން ފެށިގެން 23 މާރޗް 2020 ވާ ހޯމަދުވަހުގެ ނިޔަލަށް ހެނދުނު 9.00 ން 13.00 އާއިދެމެދު، މި ކައުންސިލްގެ ރިސެޕްޝަނަށް ވަޑައިގެން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ.ރެޖިސްޓްރީކުރާ ފަރާތްތަކަށް މި ޕްރޮޖެކްޓްގެ ޓެންޑަރ ޑޮކިޔުމަންޓްގެ ސޮފްޓްކޮޕީ ދޫކުރެވޭނެއެވެ. އަދި 24 މާރޗް 2020 ވާ އަންގާރަ ދުވަހުގެ 13.00 ގައި ޕްރީބިޑް ސެޝަނެއް ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 އޭޕްރިލް 2020 ވާ ބުދަދުވަހުގެ 13.00 ގައި ކައުންސިލް އިދާރާގެ މީޓިންގރޫމުގައެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރެޖިސްޓްރީކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.                                   

 މި އިޢްލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި 6560013 ފޯނުން ޕްރޮޖެކްޓް ޔްނިޓާއި ގުޅުއްވުން  އެދެމެވެ.                                                                                 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢްލާންކުރީމެވެ.                              

16 މާރިޗު 2020                                                  

21  ރަޖަބު  1441                                                 

ޢަލީ ޝަމީމް  

ކައުންސިލްގެ ރައީސް

16 މާރިޗު 2020