މަސައްކަތް
ނަންބަރު: GS104-A/IUL/2020/05
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 25 މާރިޗު 2020 13:00
ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ޅައިމަގު ސުކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަރުންނަށް، ނާސްތާ ފޯރު ކޮށްދޭނޭ ފަރާތެއް ހޯދުން

އިޢުލާން

ޅައިމަގު ސުކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަރުންނަށް، ނާސްތާ ފޯރު ކޮށްދޭނޭ ފަރާތެއް ހޯދުން

 

މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިސްކޫލްގެ ނަންބަރު GS104-A/IUL/2020/03 އިޢުލާނުން ހުޅުވާލުމުން މިމަސައްކަތަށް ކުރިމަތިލީ 3 ފަރާތުންވެސް ހުށައަލާފައިވާ ބިޑުތަށް ޝަރުތު ހަމަނުވާތީ އަލުން މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 މާރިޗް 18ވަނަ ދުވަހުގެ  14:00ގެ ކުރިން މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 މާރިޗް 18ވަނަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 މާރިޗް 19ވަނަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

ބީލަން ހުޅުވުން އޮންނާނީ  2020 މާރިޗް 25ވަނަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5000.00ރ (ފަސްހާސްރުފިޔާ) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ޅައިމަގު ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ޅައިމަގު ސްކޫލް / ށ. ޅައިމަގު

        ފޯން: 6540578

            އީ-މެއިލް: [email protected]

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            20 ރަޖަބު 1441

           15 މާރިޗް 2020

15 މާރިޗު 2020