މަސައްކަތް
ނަންބަރު: (IUL)292-PR/292/2020/6
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 23 މާރިޗު 2020 11:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މިލަދޫ ޖެޓީ މަރާމާތުކުރުން

އިޢުލާން

 

 ނ.މިލަދޫ ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިއިދާރާގެ ނަންބަރު (IUL)292-PR/292/2020/4 (23 ފެބުރުވަރީ 2020) އިޢުލާނާގުޅިގެން އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހާޟިރުވެފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 މާރިޗް 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިމަސައްކަތާގުޅޭ ބިޑް ޑޮކިއުމަންޓާއި ހުށަޅަންޖެހޭ ފޯމްސެޓް ދޫކުރެވޭނީ މިއިދާރާއަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮންނެވެ. ބީލަމުގައި ރަޖިސްޓްރީކުރުން އޮންނާނީ 16 މާރިޗް 2020 ވަނަ ދުވަހުން ފެށިގެން    18 މާރިޗް 2020 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. މިމަސައްކަތާގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 19 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.

 އަންދާސީ ހިސާބު ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

 ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

16 މާރިޗު 2020