ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)401-E/401/2020/14
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 23 މާރިޗު 2020 12:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

11 މާރޗް 2020

ނަންބަރު:

(IUL)401-E/401/2020/14

16 ރަޖްބް 1441

އިޢުލާންގެ ވަނަ:

02

02 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

މިއިދާރާގެ ބޭނުމަށް 02 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމާއި ބީލަން ފޯމާއި ބީލަމުގެ މަޢުލޫމާތު ކަރުދާސް ދޫކުރުން

ބީލަން ހުށަހަޅާ ފޯމާއި މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓް www.fonadhoo.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަން ހުށަހަޅާ ފޯމްގެ އަގަކީ -/150ރ އެވެ. (ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2020 މާރޗް 12 ވަނަ ދުވަހުން ފެށިގެން 2020 މާރޗް 23 ވަނަ ދުވަހާ ހަމައަށް ރަސްމީދުވަސްތަކުގެ 8:00 އިން 12:00 އަށެވެ.(

ބީލަން ހުށަހަޅާ ފޯމް ގަތުމަށް ފައިސާދެއްކުމުން ބީލަން ހުށަހެޅުމަށް އެފަރާތެއް ރަޖިސްޓަރީ ކުރެވުނީއެވެ.

 

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

ބީލަން ހުށަހަޅާނީ 24 މާރޗް 2020 (އަންގާރަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ.

ބީލަން ހުޅުވާނީ ބީލަން ހުށަހަޅާ ގަޑީގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ޙާޟިރުގައެވެ.

ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

11 މާރިޗު 2020