ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2020/26
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 10:48
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 ރޯގާއާއި ގުޅިގެން ޕާރކުތައް ބަންދުކުރުމާއި މީހުންއެއްވެ ނޫޅުމަށް ނަސޭހަތްތެރިވުން

  ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ އިރުޝާދުގެ މަތިން ކުޅުދުއްފުށީގެ ޕާރކުތައް މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރެވިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ މިދަނޑިވަޅުގައި އާންމުއެހެން ސަރައްދުތަށް ކަމުގައިވާ މޫދުއެރޭ ސަރަހައްދުތަކަށް ދަތުރު ދިއުމާއި، ކުޅިވަރު ކުޅޭ ސަރަހައްދު ފަދަ ތަންތަނަށް އެއްވެ ނޫޅުމަށް ނަސޭހަތްތެރިވަމެވެ.

           މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

14 މާރިޗު 2020