ދިވެހިރާއްޖެ
ނަންބަރު: (IUL)MMPRC-PRO/1/2020/9
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރޮމޯސަނަލް ބެނުމަށް ކުދި ވީޑިއޯ 1 (އެއް) އަހަރު ދުވަހުގެ މުއްދަތައް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރޗް 17 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 03:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 2020 މާރޗް 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ބިޑު ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އީމެއިލް އެޑްރެސް އަށް ފޮނުވުން އެދެމެވެ.
- ބިޑު ހުށައަޅާ ފަރާތުގެ ނަން:
- ކުނަފުނީގެ ނަން:
- ގުޅޭނެ ފޯން ނަންބަރު:
- އީމެއިލް އެޑްރެސް:
- އީމެއިލްގެ ސަބްޖެކްޓް: Bid Registration to Hire a Video Production Company for a period of 1 year
ބިޑް ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއިއެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކޯޕަރޭޝަންގެ ވެބްސައިޓް (https://corporate.visitmaldives.com/downloads/) ގައިވެސް ޝާއިއުކުރެވިފައި ވާނެއެވެ.
17 ރަޖަބް 1441ހ.
12 މާރޗް 2020މ