ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14/1/2014/35
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2014
ޕަބްލިޝްކުރި ގަޑި: 17:40
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އެއް މުދަލަކަށް ތަފާތު ދެ އަގު ބަޔާންކޮށްފައި ހުންނަ ލިޔުންތައް ހުށަހެޅުމާބެހޭ:

އެއް މުދަލަކަށް ތަފާތު ދެ އަގު ބަޔާންކޮށްފައި ހުންނަ ލިޔުންތައް ހުށަހެޅުމާބެހޭ:

ގަނެވިއްކުމުގެ ޢާންމު އުސޫލަށް ބަލާއިރު، މުދާ ވިއްކާ ފަރާތާއި މުދާ ގަންނަ ފަރާތާ ދެމެދު އެއްބަސްވެވޭ އަގެއް އޮތް ނަމަވެސް، ދިވެހިރާއްޖެއަށް އިމްޕޯޓް ކުރާ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅާ މަރުޙަލާގައި، އެއް މުދަލަކަށް ތަފާތު ދެ އަގު ބަޔާންކޮށްފައި ހުންނަ 02 އިންވޮއިސް ހުށަހަޅަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

މުދާ އިމްޕޯޓްކުރުމަށްޓަކާ ކަސްޓަމްސްއަށް ހުށަހަޅަންޖެހެނީ އެމުދަލުގެ ސައްޙަ އަގު ކަމަށްވާއިރު، މުދަލާ ގުޅޭގޮތުންކަސްޓަމްސްއަށް ސައްޙަ މަޢުލޫމާތު ހުށަހެޅުމަކީ މުދާ އިމްޕޯޓްކުރާ ފަރާތުގެ ޒިންމާއެއްކަމަށް ވާތީ، ލިޔުން ހުށަހެޅުއްވުމުގައި، އެ ލިޔުންތައް ރަނގަޅަށް ޗެކްކުރެއްވުމަށްފަހު އެމުދަލުގެ ސައްޙަ އަގު އެނގޭނެ ލިޔުން ކަސްޓަމްސްއަށް ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

މިގޮތަށް، އެއް މުދަލަކަށް ތަފާތު ދެ އަގު ހުށަހެޅުމަކީ ކަސްޓަމްސަށް އޮޅުވާލައިގެން ދަށް އަގު ހުށަހެޅުން ކަމަށް ބެލެވޭ ފަދަ ޢަމަލަކަށް ވާތީއާއި މިކަމަކީ ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ ދަށުން މަނާކަމެއް ކަމަށްވާތީ، މިކަން ސަމާލުކަމަށް ގެނައުމަށްޓަކާ ޢާންމުކޮށް އިޢުލާންކުރީމެވެ.

06 ޖުމާދަލްއާޚިރާ 1435

06 އޭޕްރިލް 2014