ދިވެހިރާއްޖެ
މިހާރު ފެތުރެމުންދާ ކޯވިޑް-19 ވައިރަސް، އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 12 މާރޗް 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން ޤައުމީ ކުތުބުޚާނާއިން ދެމުން ގެންދިޔަ ޙިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލި ވާހަކަ ދެންނެވީމެވެ.
މިމުއްދަތުގައި ޤައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއަށް އަނބުރާ ގެންނަންޖެހޭ (ރިޓާރން) ތަކެތި، ކުތުބުޚާނާގެ ޚިދުމަތް ދެން ދޭންފަށާ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި އިތުރު ޖޫރިމަނާއަކާ ނުލާ ބަލައިގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
މިކަމުގައި ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3007200 އަށް ގުޅުއްވުން އެދެމެވެ.
ޝުކުރިއްޔާ!
17 ރަޖަބު 1441