މަސައްކަތް
ނަންބަރު: C15C-A/2020/07
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 24 މާރިޗު 2020 11:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުޞޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ

    ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

    ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 18 މާރޗް 2020 ވަނަ ދުވަހުގެ ހެނދުނު 11:00އަށް ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް:   24 މާރޗް 2020
  • އަންދާސީ ހިސާބު ހުށަހަޅާ ގަޑި:     11:00
  • އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓު

    މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާއިރު ކުންފުންޏަކުންނަމަ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

    17 ރަޖަބު 1441

    12 މާރޗް 2020

12 މާރިޗު 2020