މަސައްކަތް
ނަންބަރު: (IUL)30-C/30/2020/51
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 1012
ސުންގަޑި: 19 މާރިޗު 2020 1400
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމަށް

މި މިނިސްޓްރީން އެކުއަކަލްޗަރ މަސައްކަތް ކުރުމަށް ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ށ. ނަލަންދޫ ފަތުރުވެރިކަން ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާތީ، އެ ރަށަށް ކޮށްފައިވާ އިންވެސްޓްމަންޓް ދެނެގަތުމަށްޓަކައި ފައިނޭންސް އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 މާރޗް 16 ވާ ހޯމަ ދުވަހުގެ 14:00 ކުރިން މިނިސްޓްރީއިން ޓާރމްސް އޮފް ރިފަރަންސް  މިނިސްޓްރީގެ ކައުންޓަރުން ލިބިލައްވާނެއެވެ. އަދި އަންދާސީ ހިސާބު ހިއްޕަވައިގެން 2020 މާރޗް 19 ވާ ބުރާސްފަތި ދުވަހުގެ 12:00 މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 

މަސައްކަތްތަކާބެހޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ 3339239، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިލައްވާނެއެވެ.

2020-03-12