ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ނެއްލައިދޫ ކައުންސިލް އިދާރާގެ ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)263/263/2020/10 ޢިއުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެވަނަ ފަހަރަށް އިއުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 މާރޗް 2020 ވާ ބުދަ ދުވަހުން ފެށިގެން 18 މާރޗް 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް މި ކައުންސިލަށްްް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށް އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 19 މާރޗް 2020 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން، 25 މާރޗް 2020 ވާ ބުދަ ދުވަހު ހެނދުނު 11:00 ގައި މި އިދާރާގައި އޮންނެއެވެ.
މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 18 މާރޗް 2020 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.