ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)56-CAS/56/2020/12
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 16:10
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ކޯވިޑް-19 އާ ގުޅިގެން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ބަންދުކުރުން

ކޯވިޑް-19 އާ ގުޅިގެން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ބަންދުކުރުން

     މިހާރު ފެތުރެމުންދާ ކޯވިޑް-19 ވައިރަސް، އިން ކުޑަކުދިން ރައްކާތެރި ކުރުމަށް ނެގޭ ފިޔަވަޅެއްގެ ގޮތުން  12 މާރޗް 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ވަގުތީގޮތުން ބަންދުކުރުމަށް ވަނީ ނިންމާފައެވެ.  ވީމާ މި ލައިބްރަރީއިން ދެމުން ގެންދާ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލެވޭނެ  ވާހަކަ ދެންނެވީމެވެ.  

     ނަމަވެސް، ގެންދަވާފައިވާ ތަކެތި ބަލައިގަތުން ޤައުމީ ކުތުބުޚާނާއިން (ހުކުރު އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި) ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. 

     އެޑްރެސް: ޤައުމީ ކުތުބުޚާނާ، މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް،  މެދުޒިޔާރަތް މަގު، މާލެ

ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3007200 އަށް ގުޅުއްވުން އެދެމެވެ.

     ޝުކުރިއްޔާ!  

                      16 ރަޖަބު 1441

11 މާރިޗު 2020