ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2020/47
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި:
19 މާރިޗު 2020 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން
ފުވައްމުލަކު ފުނާޑު ކަނބުރާމިސްކިތާއި އިންވެގެން ހުޅަނގު ފަރާތުގައިވާ ހުސް ބިމުގައި 01 އިން ފެށިގެން 23 އާއި ހަމަޔަށް ނަންބަރު ޖަހާފައިވާ ރުއްތަކާއި ނަންބަރު 24 އަދި 25 ޖަހާފައިވާ ބަނބުކެޔޮ ގަހުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިރުއްގަސްތަކުގެ މިލްކުވެރި ފަރާތެއް ވާނަމަ 19 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން އެތަކެއްޗަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ތަކެތިކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.
11 މާރިޗު 2020