ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)334/334/2020/20
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 22 މާރިޗު 2020 13:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރު ކ.ހުރާ މަސްޖިދުއްޛިންނޫރައިން މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

1441 ވަނަ އަހަރު ކ.ހުރާ މަސްޖިދުއްޛިންނޫރައިން މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

            1441 ވަނަ އަހަރުގެ ރަމަޟާންމަހު ކ.ހުރާ މަސްޖިދުއްޛިންނޫރައިން މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު

ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.

            ރަތާވީޙު ނަމާދު ކުރުމަށް ބޭނުންވަނީ ދިވެހި 1  ޙާފިޡެވެ. އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް 400/- (ހަތަރުސަތޭކަ) ރުފިޔާގެ

މަގުންނެވެ. އިމާމުގެ ހުރުމާއި ކެއުން މިކައުންސިލުން ހަމަޖައްސަވާދެއްވާނެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 22 މާރިޗް 2020 ވާ އާދީއްތަ ދުވަހުގެ 13:30 ކުރިން މި ކައުންސިލަށް "ދިވެހި ޙާފިޡުން ހިފްޡުކޮށް އިމަމުވެ ތަރާވީހު ނަމާދު ކުރުމަށް

އެދޭ ފޯމު" ހުށައެޅުއްވުން އެދެމެވެ. 12 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިންފެށިގެން 22 މާރިޗް 2020 ވާ އާދީއްތަ ދުވަހުގެ 13:00 ނިޔަލަށް މި ކައުންސިލްއިން ފޯމް

ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުން ވެލައްވާނަމަ، 6640074 ފޯނާއި ގުޅުއްވުން އެދެމެވެ.

    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 މާރިޗު 2020