މަސައްކަތް
ނަންބަރު: (IUL)ADAH-AH/INDIV/2020/13
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 22:41
ސުންގަޑި: 18 މާރިޗު 2020 13:30
އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. އަތޮޅު ހޮސްޕިޓަލުގެ ލެބޯޓްރީއަށް ގެނެސްދިނުން

އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. އަތޮޅު ހޮސްޕިޓަލުގެ ލެބޯޓްރީއަށް ގެނެސްދޭނެ ފަރާތެއް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 11 މާރިޗް 2020 ވާ ބުދަ ދުވަހުން ފެށިގެން 18 މާރިޗް 2020 ވާ ބުދަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ އދ.އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 18 މާރިޗް 2020 ވާ ބުދަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަނެއް އދ. ކުނބުރުދޫ ޞިއްޙީމަރުކަޒާއި އދ. އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ. 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. ކުނބުރުދޫ ޞިއްޙީމަރުކަޒު ނުވަތަ އދ.އަތޮޅު ހޮސްޕިޓަލް ގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 18 މާރިޗް 2020 ވާ ބުދަ ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

10 މާރިޗު 2020